ކަނަމަދު

ކަނަމަދަކީ މަދުގަހުގެ މޭވާގެ މަދެވެ. އިނގިރޭސިން (Tropical Almond) އަކީ މިދިލި ގަހުގެ ވައްކެވެ. އަދި މިދިލި ގަހުގެ ވަކުގެ މަދަށް ވެސް ކިޔަނީ ކަނަމަދު އެވެ. ބައެއް ހިސާބުގައި މިދިލި ގަހުގެ ވަތްކަށް ދޮންމަދު ކިޔައެވެ. އަދި ދޮންމަދުގެ އެތޭރެގައި ހުންނަ މަދަށް ކަނަމަދު ކިޔައެވެ. ކަނަމަދު އަކީ އަނގަޔަށް މީރު ރަހަމީރު އެއްޗެކެވެ. ރާއްޖޭގައި ކަނަމަދު ހުހަށާއި، އަދި ތަފާތު ކާތަކެތި ހެދުމަށް ބޭނުން ކުރެއެވެ. މީގެ އިތުރުން ދިޔާ ހަކުރު އަދި ދޯބުރާލި ހަކުރު އާއި އެއްކޮށް ތަތްކޮށް ހަކުރުލައިގެން ވެސް ކަނަމަދު ބޭނުންކުރެއެވެ. މިދިލި ގަހުގެ ދޮންމަދު ގެ ބޭރު ތޮށިގަނޑު ވެސްދިވެހިން ކައިއުޅެއެވެ. އެއީ ދޮންމަދުގެ ގޮތުގައެވެ.

ދޮންމަދު ނިލިކޮށް ހުންނައިރު ކިޔަނި ގޮނބު އެވެ. ގޮނބުގެ ތެރޭގައި ހުންނަ ބައެއް ވައްތަރުގެ ގޮނބުވެސް މީހުން ކައިއުޅެއެވެ. ގޮނބު ހުންނަނީ ފެހި ކުލައިގައެވެ. ދޮންވުމުން ހުންނަނީ ރީނދޫ ކުލައިގައެވެ. އެހެންކަމުން ދޮންމަދު ހުންނާނީ ރީނދޫ ކުލައިގައެވެ.