އޭބީއޯ ލޭގެ ގުރޫޕްގެ ނިޒާމް: Difference between revisions
m ރޮބޮޓ ބަދަ��ު ގެނައުނ: ko:ABO식 혈액형 |
އެންމެ ފަހުން ގެނެވުނު ބަދަލު 20:56, 4 އެޕްރީލް 2013 އުނިއިތުރު ގެންނަވާ ކުރީގެ ނުސްހާއަށް ބަދަލުކުރައްވާ m Bot: Migrating 17 interwiki links, now provided by Wikidata on d:q188010 (translate me) |
||
ފޮޅުވަތް 49: | ފޮޅުވަތް 49: | ||
[[ޤިސްމު:އިންސާނާގެ ހަށިގަނޑު]] |
[[ޤިސްމު:އިންސާނާގެ ހަށިގަނޑު]] |
||
[[ޤިސްމު:ލޭދައުރުކުރާ ނިޒާމް]] |
[[ޤިސްމު:ލޭދައުރުކުރާ ނިޒާމް]] |
||
[[ca:Sistema d'agrupament sanguini ABO]] |
|||
[[da:AB0]] |
|||
[[de:AB0-System]] |
|||
[[en:ABO blood group system]] |
|||
[[et:AB0-süsteem]] |
|||
[[fi:ABO-veriryhmäjärjestelmä]] |
|||
[[fr:Système ABO]] |
|||
[[gl:Sistema AB0]] |
|||
[[gu:એબીઓ રક્તસમુહ પ્રણાલી]] |
|||
[[is:ABO-blóðflokkar]] |
|||
[[ja:ABO式血液型]] |
|||
[[kn:ಎಬಿಒ ರಕ್ತ ಗುಂಪು ವ್ಯವಸ್ಥೆ]] |
|||
[[ko:ABO식 혈액형]] |
|||
[[nds:AB0-System]] |
|||
[[pt:Sistema ABO]] |
|||
[[ta:ஏபிஓ குருதி குழு முறைமை]] |
|||
[[zh:ABO血型系统]] |
އެންމެ ފަހުން ގެނެވުނު ބަދަލު 20:56, 4 އެޕްރީލް 2013
އޭބީއޯ ލޭގެ ގުރޫޕްގެ ނިޒާމް ނުވަތަ (އިނގިރޭސި ބަހުން: ABO blood group system) ބިނާވެފައިވަނީ ލޭގެ ރަތް ސެލްގެ ސަތަހައިގައިވާ ޕްރޮޓީންތަކެއްގެ މައްޗަށެވެ. މިޕްރޮޓީންތަކަށް އެންޓިޖަން ނުވަތަ އަގުލޫޓިނަޖަން(Agglutinogen) އޭ ކިޔައެވެ. ދެބާވަތެއްގެ އެންޓިޖަން ހުރެއެވެ. އެއީ އޭ އަދި ބީ އެންޓިޖެން އެވެ. އަގުލޫޓިނަޖަން އޭ ކިޔަނީ މިފަދަ އެންޓިޖަން އެއް ހުރުމުން ސެލްތައް އެއްވެ އެކަތިގަނޑަކަށް ވުމަށް (Aggulutination) ވުމަށް ނުވަތަ އަގުލުޓިނޭޓްވުމަށް އެހީތެރިވެދޭތީއެވެ. އިންސާނާގެ ހަށިގަނޑުގައި މިއިން އެއް އެންޓިޖަން ނުވަތަ ދެއެންޓިޖަން ވެސް ހުރެދާނެއެވެ. ހަމަ މިހެން އެއްވެސް އެންޓިޖަންއެއް ނުހުރެވެސް ހިގައިދާނެއެވެ.
ލޭގެ ގުރޫޕްގެ ވައްތަރުތައް
[އުނިއިތުރު ގެންނަވާ]މިއެންޓިންޖަންތައް ހަށިގަނޑުގައި ހުންނަ ހުރުމަށް ނިސްބަތްކޮށް ލޭ މައިގަނޑު 4ގްރޫޕަކަށް ބެހިފައިވެއެވެ.
- އޭ ގްރޫޕް( %42): ލޭގެ ރަތް ސެލްގެ ސަތަހައިގައި ހުންނާނީ އޭ އެންޓިޖަން އެވެ. ޕްލާޒްމާގައި ހުންނާނީ އެންޓިބީ ހަށިދަމަނަ ނުވަތަ އެންޓިބީ އެންޓިބޮޑީ އެވެ.
- ބީ ގްރޫޕް(%9): ލޭގެ ރަތް ސެލްގެ ސަތަހައިގައި ހުންނާނީ ބީ އެންޓިޖަން އެވެ. ޕްލާޒްމާގައި ހުންނާނީ އެންޓިއޭ ހަށިދަމަނަ ނުވަތަ އެންޓިއޭ އެންޓިބޮޑީ އެވެ.
- އޭބީ ގްރޫޕް( %3): ލޭގެ ރަތް ސެލްގެ ސަތަހައިގައި އޭ އަދި ބީ އެންޓިޖަން ހުރެއެވެ. ޕްލާޒްމާގައި ހަށިދަމަނަތަކެއް ނުހުރެއެވެ.
- އޯ ގްރޫޕް( %46): ލޭގެ ރަތް ސެލްގެ ސަތަހައިގައި މިއިން އެއްވެސް އެންޓިޖަންއެއް ނުހުންނާނެއެވެ. ޕްލާޒްމާގައި އެންޓިއޭ އަދި އެންޓިބީ ހަށިދަމަނަތައް ހުރެއެވެ.
އޭ އަދި ބީ އެންޓިޖަން ހަށިގަނޑުގެ ބައެއް އެހެން ގުނަވަންތަކުގައި ވެސް ހުރެއެވެ. މިގޮތުން ގުރުދާ، ޗިސްމޭ، ފުރަމޭ، ފުއްޕާމޭ، އުރަވަޅި، ކުޅުބޭރުކުރާ ގޮށްތައް ފަދަ ޓިޝޫތަކުގައި ހުރެއެވެ. ލޭގެ ގްރޫޕްތަކަކީ އޯޓަސޯމް(Autosome)ގެ އެހީގައި މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ސިފައެކެެވެ.
ލޭގެ ގުރޫޕް ކަނޑައެޅުން
[އުނިއިތުރު ގެންނަވާ]މިގްރޫޕްތައް ކަނޑައަޅަނީ ޖެހިޖެހިގެން އިންނަ ދެ ކްރޯމަސޯމް(Chromosome)ގައި ހުންނަ ބަހާ(Gene)ތަކަކުންނެވެ. މިބަހާތަކުގެ ތަފާތު 3ވައްތަރެއް ވެއެވެ. އެއީ އޭ، ބީ، އޯ އެވެ. ކޮންމެ މީހެއްގެ ހަށިގަނޑުގައި މިފަދަ ދެބަހާވެއެވެ. އެއް ބަހާ ލިބެނީ މަންމަގެ ފަރާތުންނެވެ. އަނެއް ބަހާ ލިބެނީ ބައްޕަގެ ފަރާތުންނެވެ. މިބަހާތަކަށް ޖިނަޓައިޕް(Genotype)އޭ ކިޔައެވެ. މިއިން އެއްވެސް ބަހާއަކީ އަނެއް ބަހާގެ މައްޗަށް ބާރުފޯރުވޭ ނުވަތަ އަނެއް ބަހާއަށްވުރެ ބޮޑަށް ހަރަކާތްތެރިވެވޭ އެއްޗެއް ނޫނެވެ.
- އޯ ޖީން ނުވަތަ ބަހާއަށް ހަށިގަނޑުގައި ވަޒީފާއެއް ނުވެއެވެ. އޭ އަދި ބީ ޖީން އަގުލުޓިނޭޓްވުމުގައި ބައިވެރިވެއެވެ. އެހެންކަމުން އޯއޯ ޖިނަޓައިޕް (OO-genotype)(މަންމަ އަދި ބައްޕަގެ ފަރާތުން ވެސް އޯ ޖީން ލިބިފައި) ހުންނަނަމަ ލޭގެ ރަތް ސެލްތައް އަގުލުޓިނޭޓްއެއް ނުވާނެއެވެ. އަދި އޭނާގެ ލޭގެ ގްރޫޕަކަށްވާނީ އޯ(O)އެވެ.
- އޯއޭ ޖިނަޓައިޕް(OA-genotype) (މަންމައާއި ބައްޕަ ދެމީހުންކުރެ ކޮންމެ މީހަކުގެ ފަރާތުން ވަކި ޖީންއެއް ލިބިފައި) ނުވަތަ އޭއޭ ޖިނަޓައިޕް(AA-genotype) (މަންމަ އަދި ބައްޕަގެ ފަރާތުން ވެސް އޭ ޖީން ލިބިފައި) ލިބިފައި ހުރިނަމަ އޭ އެންޓިޖަން އުފައްދައެވެ. އަދި އޭނާގެ ލޭގެ ގްރޫޕަކަށް ވާނީ އޭ(A)އެވެ
- އޯބީ ޖިނަޓައިޕްް(OB-genotype) ނުވަތަ ބީބީ ޖިނަޓައިޕް(BB-genotype) ލިބިފައި ހުރިނަމަ ބީ އެންޓިޖަން އުފައްދައެވެ. އަދި އޭނާގެ ލޭގެ ގުރޫޕަކަށްވާނީ ބީ(B)ައެވެ.
- އޭބީ ޖީނޯޓައިޕް(AB-genotype) ލިބިފައި ހުރިނަމަ އޭނާގެ ލޭގެ ގުރޫޕަކަށް ވާނީ އޭބީ(AB)އެވެ.
- ލޭގެ ރަތް ސެލް ގެ ސަތަހައިގައި މިފަދަ އެންޓިޖަންތައް ވާއިރު އެއެންޓިޖަންތަކަށް ހަށިދަމަނަ ތަކެއް ޕްލާޒްމާގައި ހުރެއެވެ. މިހަށިދަމަނަތަކަށް ކިޔަނީ ައަގުލޫޓުނިން(Agglutinin) އެވެ. އެންޓިއޭ އަގުލޫޓިނިން (އޭ އެންޓިޖަންއާއި އިދިކޮޅު ހަށިދަމަނަ) އުފެދެނީ ލޭގެ ރަތް ސެލްގައި އޭ އެންޓިޖަން ނުހުންނަ ހާލަތުގައެވެ. އެންޓިބީ އަގުލޫޓިނިން (ބީ އެންޓިޖެންއާއި އިދިކޮޅު ހަށިދަމަނަ) އުފެދެނީ ލޭގެ ރަތް ސެލްގައި ބީ އެންޓިޖަން ނުހުންނަ ހާލަތުގައެވެ.
- އެހެންކަމުން އޭ(A) ގުރޫޕްގެ ލޭ ހުންނަމީހެއްނަމަ އޭނާގެ ލޭގައި ހުންނާނީ އޭއެންޓިޖަންއާއި، އެންޓިބީ އަގުލޫޓިނިން އެވެ. ބީ(B) ގުރޫޕުގެ ލޭހުންނަމީހެއްނަމަ އޭނާގެ ލޭގައި ހުންނާނީ ބީއެންޓިޖަންއާއި، އެންޓިއޭ އަގުލޫޓިނިން އެވެ. އޭބީ(AB) ގުރޫޕުގެ ލޭހުންނަމީހެއްނަމަ އޭއެންޓިޖަންއާއި، ބީއެންޓިޖަން ހުރެފައި، މިފަދަ އަގުލޫޓިނިންތަކެއް ޕްލާޒްމާ ގައެއް ނުހުންނާނެއެވެ. އޯ(O) ގުރޫޕުގެ ލޭހުންނަމީހުންގެ ލޭގެ ރަތް ސެލްގައި ި މިފަދަ އެންޓިޖަންތައް ( އޭ،ބީ އެންޓިޖަން ) ނުހުރުމުގެ ސަބަބުން ޕްލާޒްމާގައި އެންޓިއޭ އަގުލޫޓިނިން އަދި އެންޓިބީ އަގުލޫޓިނިން ހުރެއެވެ.
- އެންޓިއޭ އަގުލޫޓިނިންތަކަށް އަލްފާ އަގުލޫޓިނިން(Alpha agglutinin)އޭ ކިޔައި އުޅެއެވެ. އަދި އެންޓިބީ އަގުލޫޓިނިންތަކަށް ބީޓާ އަގުލޫޓިނިން (Beta agglutinin)އޭ ކިޔައި އުޅެއެވެ. ކުއްޖަކު ދުނިޔެއަށް އުފަންވާއިރު މިފަދަ އަގުލޫޓިނިންތައް ނުވަތަ ހަށިދަމަނަތައް (Agglutinin / Antibodies) ހުންނަނީ މަދުއަދަދަކަށެވެ. ނަމަވެސް 3މަހުން ފެށިގެން މިފަދަ ހަށިދަމަނަތައް އޭގެ ޒާތުގައި އުފެދި އިތުރުވަމުން އާދެއެވެ.
ލޭގެ ގުރޫޕް ދެނެގަތުން
[އުނިއިތުރު ގެންނަވާ]ސާފު ސްލައިޑެއްގެ މައްޗަށް ދެ ލޭތިކި ޖައްސާށެވެ. އެއަށްފަހު ފުރަތަމަ ލޭތިއްކަށް އެންޓި އޭ ސީރަމް އަޅާށެވެ. ދެވަނަ ލޭތިއްކަށް އެންޓި ބީ ސީރަމް އަޅާށެވެ. 2ނުވަތަ 3މިނިޓްފަހުން ލޭގެ ރަތް ސެލް ތައް އެއްވެ، އެކަތިގަނޑަކަށްވެފައި ނުވަތަ އަގުލުޓިނޭޓް ވެފައި(Agglutination) ހުރިތޯ ބަލާށެވެ. އަންނަނިވި ނަތީޖާތަކުން ނަތީޖާއެއް ލިބޭނެއެވެ.
- ފުރަތަމަ ތިކި އެކަނި އަގުލުޓިނޭޓް ވެފައިވާނަމަ އެއީ އޭ(A)ގުރޫޕުގެ ލެޔެވެ.
- ދެވަނަ ތިކި އެކަނި އަގުލުޓިނޭޓް ވެފައިވާނަމަ އެއީ ބީ(B)ގުރޫޕުގެ ލެޔެވެ.
- ދެތިކި ވެސް އަގުލުޓިނޭޓް ވެފައިވާނަމަ އެއީ އޭބީ(AB)ގުރޫޕުގެ ލެޔެވެ.
- އެއްވެސް ތިއްކެއް އަގުލުޓިނޭޓް ވެފައި ނުވާނަމަ އެއީ އޯ(O)ގުރޫޕުގެ ލެޔެވެ.